އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މާލޭ ސިޓީގެ މޭޔަރު ޑރ. މިހައްމަދު މުޢިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ.
މުޢިއްޒު ފޯމު ހުށަހަޅުހަޅައްވަން ވަޑައިގެން އިރު އަރިހުގައި ރަނިން މޭޓް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އާއި ޕީއެންސީގެ ރައީސް އަބުދުއް ރަހީމް ޢަބުދުﷲ (އަދުރޭ) އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވަޑައިގަތެވެ.
މުޢިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައި މި ވަނީ ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރ ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް އިންތިޚާބު ބޮއިކޮޓް ކުރަން ގޮވާލުމުން އިދިކޮޅު ކޯލިޝަންގެ ސެނެޓްގައި ހިނގި ބޮޑު ހައިޖާނަށް ފަހުއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދަށް ބަންދުވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!