ރާއްޖެއިން މިހާރު އުމްރާއަށް ދިޔަ މީހުންގެ ތެރޭގައި ހިމެނޭ ހއ. ދިއްދޫ މީހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އެރަށު ހިމާލިޔާ ފާތިމަތު ސޮބިއްޔާއެވެ. އޭނާ އަކީ އުމުރުން 43 އަހަރުގެ މީހެކެވެ.
އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑާއެކު އުމްރާއަށް ގޮސް އުޅުނު ސޮބިއްޔާ އުމްރާއަށް ގޮސް އުޅުނީ ފިރިމީހާއާއި މަންމަ އާއެކު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެ ގުރޫޕުގެ އޮފިޝަލަކާއި ހަވާލާދީ ރާއްޖޭގެ އޮންލައިނެއްގައި ރިޕޯޓުކޮށްފައިވަނީ ސޮބިއްޔާ ނިޔާވީ މިއަދު 11:45 އެހާކަންހާއިރު ކަމަށެވެ. އަދި އޭނާ ނިޔާވީ މައްކާގެ ހުދައިބިއްޔާ އެއްބަސްވުން ގާއިމުކުރި ތަނަށް ޒިިޔާރަތް ކުރުމަށްފަހު، އެހެން ތަނަކަށް ދާން އެނބުރި ބަހަށް އެރި ފަހުން ކަމަށް ވެސް ވަނީ ބުނެފައެވެ.
ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭނާގެ ސިއްހީ އެއްވެސް މައްސަލައެއް ހުންނަކަން އެނގިފައި ނުވާ ކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ. އޭނާގެ ކަށުނަމާދު މިއަދުގެ އިޝާ ނަމާދަށްފަހު މައްކާގެ މަސްޖިދުލް ހަރަމުގައި ވަނީ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!