ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ބޮޑުހިލަތަކެއްވެސް ސައިޓަށް ގެންދެވި އަންލޯޑް ކުރެވިފައިވާ ކަމަށެވެ. އެގޮތުން، ބާކީ ހުރި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 54 އިންސައްތަ ފުރިހަމަކުރެވިފައިވާއިރު، މުޅި ޕްރޮޖެކްޓްގެ 75 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި މަސައްކަތް ނިމުމާއެކު އެކުންފުނިން ޗާޓަރުކޮށްފައިވާ ޑްރެޖަރު "ފިލިޕޯ ބްރުނެލެޝީ" ށ. ކޮމަންޑޫގެ ބިން ހިއްކުމަށްޓަކައި ގެންދާނެއެވެ. އަދި މިއަދު އެ ސައިޓް މޮބިލައިޒްކުރެވޭނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މިއީ 116.94 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!