ޤައުމާއި ދުރުގައި ޢާއިލާއާއި ވަކިން އުޅެންޖެހުނަސް، ކޮންމެ ޙާލަތެއްގައި ވެސް ޤައުމުގެ އަގު ހިފެހެއްޓުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ރައީސް މިގޮތަށް އިލްތިމާސް ކުރެއްވީ، މިއަދު ކުރިއަށްދިޔަ ޑް ސްކައު25 ވަނަ ވޯލްޓް ޖަމްބޮރީގައި ބައިވެރިވާ ދިވެހި ވަފުދާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ކުރިއަށްދިޔަ މި ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ، ގައުމާއި ދުރުގައި ޢާއިލާއާއި ވަކިން އުޅެންޖެހުނަސް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގައި ސާބިތުވެތިބެ، ދީނީ ވާޖިބުތަކަށް ފަރުވާތެރިވެ، ކޮންމެ ޙާލަތެއްގައިވެސް، ދިވެހި ޤައުމުގެ އަގު ހިފަހައްޓައި، އަދަބު އަޚްލާޤުގެ އެންމެ މަތީ މިންގަނޑުގައި ސާބިތުވެ ތިބުމަށް ބާރުއަޅުއްވައި އެކަމަށް ޖަމްބޮރީގެ ބައިވެރިންނަށް މަގު ދެއްކުމަށް ސްކައުޓުންނާ ، ގައިޑުންގެ ލީޑަރުންނަށްގެ ކިބައިން އެދިވަޑައިގެންފައެެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ކުރިއަށް ރައީސް ވަނީ، ޖަމްބޮރީގައި އުޅޭއިރު، އެ ޤައުމުގެ އާދަކާދަތަކާއި ހަމަތަކަށް އިޙްތިރާމްކުރެއްވުމަށް ވެސް ސްކައުޓުންނާއި ގައިޑުންގެ ފަރާތުން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ޖަމްބޮރީގެ ޤަވާޢިދުތަކަށް ފުރިހަމައަށް ކަމޭ ހިތައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ވެސް ޖަމްބޮރީގެ ބައިވެރިންގެ ފަރާތުން އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ޖަމްބޮރީގެ ބައިވެރިންނަށް ގިނަ ފުރުޞަތުތަކެއް ތަޖުރިބާ ކުރަން ފުރުޞަތު ލިބިގެންދާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައި ވަނީ، އެ ފުރުޞަތުތަކުގެ ބޭނުން ހިފައި، ގޮންޖެހުންތަކާ ކުރިމަތިލާން ދަސްކުރާނެކަމުގެ ފުރިހަމަ އިތުބާރު އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކަމަށެވެ.
ދިވެހި ސްކައުޓުންނަކީ މިހާރު ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ވަރަށް ހުނަރުވެރި ބައެއްކަން ވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ދުނިޔޭގެ 25 ވަނަ ސްކައުޓް ޖަމްބޮރީގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ 425 ކޮންޓިންޖެންޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!