ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ބޮޑު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލައްވާ، މާލެ ވަޑައިގެންފި

އެމަނިކުފާނު މާލެ ވަޑައިގެންނެވީ މިއަދުއެވެ.

Ad
rt

ރައީސްގެ މި ދަތުރުފުޅަކީ މިއަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ކުރެއްވެވި ދަތުރުފުޅެކެވެ. ދެ ދުވަހުގެ މުއްްދަތަށް ކުރެއްވެވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހއ އަތޮޅުގެ 10 ރަށަކަށް ވަޑައިގެންފައެވެ. އަދި އެރަށްރަށުގައި ނިމިފައި ހުރި މަޝްރޫއުތައް އިފްތިތާހުކޮށްދެއްވާފައިވެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ވަޑައިގަތުމުގެ އަމާޒުގަިއ ރައީސް ސާލިހުގެ ކެމްޕެއިން ފައްޓަވާފައިވަނީ މިއަހަރުގެ އަޟުހާ އީދު ބަންދަށް ފަހުއެވެ.

އެގޮތުން އެމަނިކުފާނު މިހައިތަނަށް ވަނީ ށ އަތޮޅާއި މ އަދި ވ އަތޮޅަށް ވެސް ޒިޔާރަތްކުރައްވާފައެވެ.