ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރޫޅާލާނެ ކަމަށާއި އެ ޕާޓީ ރޫޅާލުމުގެ މަސައްކަތް ކުރައްވާނީ އެމަނިކުފާނު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީ އަށް ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.
"ދަ ޑިމޮކްރެޓްސް" އަށް ސޮއިކުރެއްވުމަށްފަހު އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެންނެވުމަކީ ފަސޭހަފުޅު ކަމެއް ނޫން ކަމަށެވެ. އަދި އެއީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް އެ ޕާޓީން ވަކިވެވަޑައިގަންނަވަން ޖެހުނީ އެމްޑީޕީ އުފެއްދި ފިކުރާއި ސިޔާސަތުން އެ ޕާޓީ އެއްކިބާވަމުންދާތީ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގައި އެމަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިން އެބަތިއްބެވިކަން ފާހަގަކުރައްވައި ވަނީ އެ ހުރިހައި އެންމެންނާއި އެމްޑީޕީގެ ހުރިހައި މެމްބަރުން އަދި އެމަނިކުފާނުގެ ރަހުމަތްތެރިން "ދަ ޑިމޮކްރެޓްސް" އަށް ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާފައެވެ.
ހަމަމިއާއެކު އެމްޑީޕީގެ ކެޔޮގަނޑުގެ ފޫވައް މިހާރު ވަނީ ނެއްޓިފައި ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!