ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރާތީ މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެ ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރުފަހު 2 ން ހަވީރު 4 ޖަހަންދެން ކުރާނެ ކަމަށެވެ.

Ad
rt

އެގޮތުން މި މަސައްކަތް ކުރުމަށް ނިންމާފައިވާ ވަގުތަކުގައި ކަރަންޓު ކެނޑޭނީ މާފަންނުގެ އަމީނީ މަގާއި، ކަނބާ އައިސަރަނި ހިނގުން، ބުރުޒު މަގު އަދި ޝަހީދު އަލީ ހިނގުމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ހުޅުމާލޭގެ އެމްޕީއެލް ހިމެނޭ ސަރަހައްދުގެ ފިތުރޯނު މަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

ކަރަންޓު ކެނޑުމާއި ގުޅިގެން އެ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައެވެ.