ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރެއްވުމަށް ބާއްވާ ޖަލްސާ މި ޖުލައި 13 ގައި ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
"ދަ ޑިމޮކްރެޓްސް" އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެޖަލްސާ އޮންނާނީ 13 ޖުލައި ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ. އަދި މި ޖަލްސާ އަށް އެ ޕާޓީގެ އެންމެހާ މެންބަރުންނާއި ސޮއިކުރައްވަން އެދޭ ބޭފުޅުންނާއި އެންމެހާ ސަޕޯޓަރުންނަށް ދަޢުވަތު އަރުވާ ކަމަށެވެ.
ދަ ޑިމޮކްރެޓްސް އަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި އުފެދުނު ހިޔާޅު ތަފާތުވުމުގެ ސަބަބުން ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ މެދުގައި ފިކުރެއްގެ ދިރުމުގެ ނަމުގައި އުފެދުނު ފެކްޝަނުން އުފެދުނު ޕާޓީއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!