އަނބިމީހާއަށް އަނިޔާކުރި މީހަކު ދެ މަހަށް ޖަލަށްލައި އަދި 7,500ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ރ. މަޑުއްވަރީ މީހެއް ކަމަށްވާ އަހްމަދު އިސާމްގެ މައްޗަށް މި ހުކުމްތައް އައީ ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާ ހިލާފްވުމުގެ ދެ ދައުވާއަކާއި އަނިޔާއެއް ދިނުމުގެ ދެ ދައުވާއެއް ސާބިތުވެގެންނެވެ. އޭނާ ވަނީ އެ ދައުވާތަކަށް ކޯޓުގައި އެއްބަސްވެފަ އެވެ.

Ad
rt

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ސާބިތުވި ދެ ދައުވާގައި ކޯޓުން އިއްވީ 7,500 ރުފިޔާގެ ޖޫރިމަނާއެކެވެ. އަދި އަނިޔާއެއް ދިނުމުގެ އެއް ދައުވާގައި އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު ދެވަނަ ދައުވާގައި އިއްވީ 27 ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެކުރިން ވެސް އަނބިމީހާއަށް އަނިޔާކޮށްގެން ބައެއް މީހުންގެ މައްޗަށް ޖަލު ހުކުމް އިއްވާފައިވެ އެވެ.