ހއ.ހޯރަފުށީ ކުލަބް ޖީއެސްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ޖީއެސް ވޮލީބޯލް ޓޯނަމެންޓް 2023" މި އަހަރުގެ ޑިސެމްބަރ މަހުގެ 20 ވަނަ ދުވަހު ފަށަން އެ ކުލަބުން ތާވަލު ކޮށްފިއެވެ.
މި މުބާރާތަކީ ހޯރަފުށީގެ ކުލަބް ޖަމްޢިއްޔާތަކަށާއި ސަރުކާރު އޮފީތަކަށާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި، އަމިއްލަ ކުންފުނިތަކަށާއި، ވިޔަފާރިތަކަށް ހުޅުވާލައިގެން ހޯރަފުށީ ކުލަބް ޖީއެސްގެ ފަރާތުން ކުރިއަށް ގެންދާ މުބާރާތެކެވެ.
ސެޕްޓެމްބަރ މަހުގެ ތިންވަނަ ދުވަހު މި މުބާރާތުގައި ޓީމް ރަޖިސްޓަރީ ކުރުމަށް ހުޅުވާލަން ނިންމާފައިވާއިރު، ޓީމް ރަޖިސްޓަރީ ކުރުމުގެ ފަހުގެ ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮކްޓޯބަރ މަހުގެ ފުރަތަމަ ދުވަހެވެ. ޓީމް ލިސްޓް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީޚަކީ ޑިސެމްބަރ މަހުގެ ސާދަވަނަ ދުވަހެވެ.
މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 (ފަންސަވީސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި ރަނަރަޕް ޓީމަށް 10000 (ދިހަހާސް) ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!