އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމުން މުހައްމަދު ޝިހާބު އިސްތިއުފާ ދެއްވައިފިއެވެ.

ޝިހާބް އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ވަނީ މިއަދު ކަށަވަރުކޮށްދެއްވާފައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް ޝިހާބު އައްޔަނު ކުރެއްވީ 15 އޮކްޓޯބަރު 2019 ގައެވެ.

ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއްވަންދެން ފުރުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ދެ ވުޒާރާއެއްގެ ވަޒީރުކަމާއި މާލެ ސިޓީގެ މޭޔަރުކަމުގެ އިތުރުން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސް މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

މުޙައްމަދު ޝިހާބު މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ ޖޭމްސް ކުކް ޔުނިވަރސިޓީންނެވެ.