މަޖިލީހުގެ ކުރީގެ ރައީސް ޝިހާބު އަދި ނައިބު ރައީސް ނާޒިމް ޖޭޕީއަށް!
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބާއި އެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިފިއެވެ. ޖޭޕީގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ދެ ބޭފުޅުން ޖޭޕީއަށް ސޮއި ކުރެއްވީ މިއަދުއެވެ. އަދި އެ ދެ ބޭފުޅުންގެ ފޯމާއި ހަވާލުވެވަޑައިގަތީ ޖޭޕީގެ ލީޑަރު، ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާޙީމް އެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ޝިހާބު ވަނީ މީގެކުރިން ވެސް ޖޭޕީގައި އުޅުއްވާފައެވެ. […]