•  
  •  
  •  
  •  
  •  
  •  
  •  

ހދ.ކުމުންދޫ ޞިއްޙީމަރުކަޒުން ޙާވާލުކުރާ ލެބޯޓަރީ ސާންޕަލް ހިފައިގެން ހދ.ކުޅުދުއްފުއްޓަށް ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު އެއްފަހަރު ( ހުކުރު ދުވަސް ނުވަތަ ސަރުކާރު ބަންދު ދުވަހެއްގައިވެސް މަރުކަޒުން އެދިއްޖެނަމަ) 6 މަސް ދުވަހުގެ މުއްދަތަށް ދަތުރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ކުމުންދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަސައްކަތައި ހަވާލުވާ ފަރާތެއްގެ މަސްއޫލިއްޔަތަކީ ހަފްތާގެ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:30 ގައި ސިއްޚީ މަރުކަޒުން ސާމްޕަލްތަކާއި އިތުރު ޑޮކިޔުމަންޓްތައް ނަގައިގެން ގެންގޮސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ލެބޯޓަރީ އާއި ހަވާލު ކުރުމާއި އިމަޖެންސީ ހާލަތެއް ދިމާވެއްޖެ ހާލަތެއްގައި ހުކުރު ދުވަހާއި ސަރުކާރު އެހެން ބަންދު ދުވަސް ތަކުގައިވެސް ސާމްޕަލްތައް ގެންދިޔުމާއި މީގެ އިތުރުން ސާމްޕަލްތައް ގެންދާ ދުވަސްތަކުގައި ޓެސްޓްގެ ނަތީޖާ ލިބުމުން ނަތީޖާތަކާއި އެކު އިތުރު ޑޮކިޔުމަންޓް ތައް އަދި ކެރިއަރ ވީ އެންމެ އަވަހަކަށް ސިއްޚީ މަރުކަޒާއި ހަވާލުކުރަން ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެހެން ކަމުން މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން 17 ޑިސެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްށާއި 26 ޑިސެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލައް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ވެސް އެފަރާތުންވަނީ އިޢުލާންގައި ބުނެފައެވެ.

ޚިޔާލު

Your email address will not be published.