•  
  •  
  •  
  •  
  •  
  •  
  •  

ފޯ ސީޒަން މޯލްޑިވްސް (ލަނޑާ ގިރާވަރު) ރިސޯޓް ގެ ފަރާތުން ޓޫރިޒަމާއި ބެހޭ ހާއްސަ ޕްރޮގުރާމެއް ފެށުމަށް ހަމަޖެހިއްޖެއެވެ.

މި ދާއިރާ އަށް ޝައުގުވެރިކަން ހުންނަ 16 އަހަރާއި 21 އަހަރާއި ދެމެދުގެ ކުދިން ނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގުރާމްގައި އެކުއްޖަކު ޝަައުގުވެރިވާ ދާއިރާ އަކުން އެކުދިންނަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓްރޭނިން ތައް ކުޑަހުރާގެ އިތުރުން ލަނޑާ ގިރާވަރުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ފޯސީޒަންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން މި ޕްރޮގުރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުއެވެ. މީގެ އިތުރުން މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެއްދިޔުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެއް ކަމަށް ވެސް އެފަރާތުގެ ވެބްސައިޓް ގައި ވަނީ ބުނެފައެވެ.

އެހެންކަމުން މި ޕްރޮގުރާމްގައި ބައިވެރިމުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހު ހދ.ކުޅުދުއްފުށި ޖަލާލުއްދީން ސުކޫލްގައި ބައިވެރިވުމަށް އެދޭ ފަރާތް ތަކުން ރެކްރޫޓް ކުރުުމަށްޓަކައި ބާއްވާ އިންޓަވިއު އަށް ދިޔުމުން އެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.މި ޕްރޮގުރާމް ފެށުމަށް ހަމަޖެހިފައިވަނީ 60 ކުދިން ހަމަވުމުން ކަމަށްވެސް އެފަރާތުގެ ވެބްސައިޓްގައި ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ލަނޑާ ގިރާވަރު ރިސޯޓްގެ ފަރާތުން މިފަދަ ޕްރޮގުރާމްތައް ހިންގާފައިވާއިރު މިއީ މިފަދަ ޓްރެއިނިންގ ޕްރޮގުރާމެއް ކުޅުދުއްފުށީގައި ކުރިޔަށް ގެންދާ 4 ވަނަ ފަހަރެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ