ފުނަދޫ އެއާޕޯޓް އަންނަ މަހު 15 ގައި ހުޅުވަނީ

2A6F6306-E0F4-4DF0-8F2B-0443185A52DC

ށ. ފުނަދޫގައި ތަރައްގީ ކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓް އަންނަ މަހު 15 ގައި ހުޅުވަން ތައްޔާރުވެއްޖެއެވެ،

އަންނަ މަހު 15 ގައި އެއާޕޯޓް ހުޅުވުމަށް ހަމަޖެހިފައިވާއިރު ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުގެ އޮފިޝަލަކު ވިދާޅުވީ، ފުނަދޫ އެއާޕޯޓަް ބޭނުންވާ ޓާމިނަލް އާއި އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުވެސް މިހާރު ނިމިފައިވާ ކަމަށެވެ.

ފުނަދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، އެއާ ޕޯޓުގެ ރަންވޭގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. މި އެއާޕޯޓް ގާއިމްކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެއެވެ،

މީގެ ކުރިން ޓްރާންޕޯޓް މިނިސްޓްރީން ބުނެފައިވަނީ މި އަހަރުގެ އޮގަސްޓް މަހު ތެރޭގައި ފުނަދޫ އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށެވެ. ދާދި ފަހުން ވަނީ ނ.މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވައި ދަތުރުތައް ފަށާފައެވެ. މީގެ އިތުރުން ހަތަރު އެއާޕޯޓެއްގެ ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެއީ، ގދ.މާވާރުލާއި، ފަރެސްމާތޮޑާ، ޅ، މަޑިވަރު އެއާޕޯޓުގެ އިތުރުން ހއ ހޯރަފުށި އެއާޕޯޓެވެ.

ފުނަދޫ އެއާޕޯޓަށް ބޭނުންވާ މުއައްޒަފުން ހޯދުމަށް ރީޖަނަލް އެއާޕޯޓްއިން މިހާރު ވަނީ އިއުލާނުކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *