ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އުކުޅަހަށް ވަޑައިގަންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު ވިދާޅުވީ، ރައީސް މިއަދު މެންދުރުފަހުގެ ވަގުތެއްގައި އއ. އުކުޅަހަށް ރަސްމީ ދަތުފުޅެއް ކުރައްވާނެއެވެ.
މި ދަތުރުފުޅަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުކުޅަހުގައި އޮންނަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަސް މި އަހަރު ގައުމީ ފެންވަރުގައި ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ އުކުޅަހުގައެވެ. އެރަށުގައި މި ދުވަހާގުޅޭ ހަރަކާތްތައް ކުރިއަށް ގެންދަނީ ތިމާވެއްޓާބެހޭ ވުޒާރާ އާއި އުކުޅަސް ކައުންސިލް ގުޅިގެންނެވެ.
ރައީސް މިއަދު އުކުޅަހަށް ވަޑައިގަންނަވާއިރު، އައްޑޫ ސިޓީއަށް މިމަހު 3 ވަނަ ދުވަހު ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގަތީ މިއަދު މެންދުރުކުރީގެ ވަގުތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!