ދޮށީ އުމުރުގެ މީހުންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތަށް ހެޔޮ ބަދަލު ގެންނަވަން ނިންމަވާފައިވާކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު މިހާރު އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިރޭ އައްޑޫ ސިޓީ ސްކުއާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ މިރޭގެ ވާހަކަފުޅުގައި ވަނީ އްސަ އެހީއަށް ބޭނުންވާ މީހުންނަށް މިހާރު ދެމުން އަންނަ އިނާޔަތް ބޮޑުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެކަން ވަރަށް އަވަހަށް ޢިއުލާން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ދޮށީ އުމުރުގެ މީހުންނަށް ސަރުކާރުން ދެމުންއަންނަ އިނާޔަތް ވެސް ބޮޑުކުރެއްވުމަށް ނިންމާފައިވާކަމަށާއި އެ މަސައްކަތްތައް ކުރައްވަމުން އަންނަކަމަށް ވެސް ރައީސް މިރޭ ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އެކަމަށް (ދޮށީ އުމުރުގެ މީހުންނަށް މީހުންނަށް ދެމުން އަންނަ އެލަވަންސް) ވެސް ވަރަށް އަވަހަށް ހެޔޮ ބަދަލެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ.
ދޮށީ އުމުރުގެ (65 އަހަރުން މަތީގެ) މީހުން ސަރުކާރުން މިހާރު ދެއްވަމުން އަންނަނީ 5000 ރުފިޔާގެ އިނާޔަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!