•  
  •  
  •  
  •  
  •  
  •  
  •  

އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ފައިނަލަށް ވިއޯރާ ސިޓީ އަދި ސްޓާރ ފޯސް ދަތުރު ކޮށްފިއެވެ.

ވިއޯރާ ސިޓީ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ސޫރިޔާ ސްޕޯޓްސް އާއި ވާދަކޮށް 6-5 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެށް ފެނުނު މި މެޗްގެ މޭން އޮފް ދަ މެޗް ހޯދާފައިވަނީ މި މެޗްގެ މޮޅު ކުޅުމެއް ދެއްކި ވިއޯރާ ސިޓީގެ ޖާރޒީ ނަމްބަރު 11 ހުޒައިފަތު ރަޝީދެވެ.

ފައިނަލްގެ ދެވަނަ ޖާގަ ސްޓާރ ފޯސް އިން ކަށަވަރުކުރީ ކެޕިޓަލް ސިޓީއާއި ވާދަކޮށް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 2-2 ގެ ނަޓީޖާއަކުން އެއްވަރުވެ، ޕެނަލްޓީ ޖަހައި 4-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗްގެ މޭން އޮފް ދަ މެޗް ހޯދާފައިވަނީ މެޗްގެ މޮޅު ކުޅުމެއް ދެއްކި ސްޓާ ފޯސްގެ ގޯލް ކީޕަ އަހްމަދު ޝަފާޒެވެ.

މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 9 ޑިސެމްބަރ ވާ ހޯމަ ދުވަހުގެ ރޭ 8:15 ގައި ހއ.ބާރަށު ފުޓްސަލް ދަނޑުގައެވެ. އެލަޔަންސް ފުޓްސަލް ކަޕް 2019 ގެ ފައިނަލް މެޗް އެލަޔަންސް ސްޕޯޓްސް ކުލަބުގެ ފޭސްބުކް ޕޭޖްއިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ މަޤްސަދަކީ ބާރަށުގައި ފުޓްސަލް ކުރިއަރުވައި، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުން ކަމަށް އެލަޔަންސް ސްޕޯޓްސް ކުލަބުން ބުނެއެވެ. ޑިސެމްބަރ އެކަކުން ނުވަޔަކަށް ބާރަށު ފުޓްސެލްދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވާދަކުރެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރއަކީ އެޓޯލް ޓްރާންސްފަރއެވެ. އަދި ކޯ ސްޕޮންސަރއަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ކަމަށްވާއިރު، މި މުބާރާތުގެ މީޑިއާ ޕާޓްނަރ އަކީ ތިލަދުންނެވެ.

ޚިޔާލު

Your email address will not be published.