ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ "މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023" ގެ ފައިނަލުން ރޯޑް ރިކްރިއޭޝަން ކުލަބް (އާރުއާރުސީ) އާއި ހއ އަތޮޅު ހޮސްޕިޓަލް ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް އިއްޔެ ހަވީރު ކުޅެފައިވާއިރު، ފުރަތަމަ ސެމީގައި ބައްދަލު ކޮށްފައި ވަނީ އާރުއާރުސީ އާއި ފެނަކައެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ އާރުއާރުސީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އާރުއާރުސީގެ ޖޯޒީ ނަމްބަރު 11، އަލީ މަލާޝް އެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ހއ އަތޮޅު ހޮސްޕިޓަލާއި ދިއްދޫ ޕޮލިސް ކުލަބެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ އަތޮޅު ހޮސްޕިޓަލުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ އަތޮޅު ހޮސްޕިޓަލް ޓީމްގެ ޖޯޒީ ނަމްބަރު 13، ފަތުހުﷲ ޖަމީލެވެ.
ހއ އަތޮޅު ހޮސްޕިޓަލާއި ރޯޑް ރޮކްރިއޭޝަން ކުލަބް ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު ދިއްދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި އަޅާފައިވާ ފުޓްސަލް ދަނޑުގައެވެ. މިއީ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ހަތަރުވަނަ ފަހަރެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ.
މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ބީއެމްއެލް، ސްވިފްޓް ލޮޖިސްޓިކްސް، އުދަރެސް އިން، އިންކް ބްލިންކް، ރިޕެއާ ޕޮއިންޓް، ބީއޭ ވަޑާން، އަލްވާ މާޓް، ސިޓީ ކިއު ރެސްޓޯރެންޓްސް އޭއެންސީ ބޭކަރީ، ކައިވެނީގެ ރަން، އަދި ދި ފައުންޑޭޝަން އެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ ތިލަދުން އާއި ދިއްދޫ އޮންލައިން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!