ހިރިޔާ ސްކޫލަށް ނޭނގި އެ ސްކޫލްގެ ފޭސްބުކް ޕޭޖުގައި ހުންނަ ފޮޓޯ ޑިލީޓްކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ހިރިޔާ ސްކޫލްގެ ފޭސްބުކް ޕޭޖުގައި މިއަދު އެ ސްކޫލުން ވިދާޅުވެފައި ވަނީ، އެ ސްކޫލްގެ ފޭސްބުކް ޕޯސްޓުތަކުން، އެ ސްކޫލަށް އެނގުމަކާއި ނުލައި، ބައެއް ފޮޓޯތައް ޑިލީޓް ކުރަމުންދާކަން އެ ސްކޫލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

Ad
rt

އެކަން ބެލުމުގެ މަސައްކަތް އެ ސްކޫލުން ފަށާފައިވާ ކަމަށާއި، އެހެންކަމުން އެ ސްކޫލްގެ ފޭސްބުކް ޕޭޖު ބައްލަވާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި އެކަން ދަންނަވާކަމަށް އެ ސްކޫލުން ވިދާޅުވެފަވެއެވެ.

ހިރިޔާ ސްކޫލްގެ ބައެއް ބެލެނިވެރިން ބުނިގޮތުގައި އެ ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގެ ފޮޓޯތައް ސްކޫލް ޕޭޖަށް ސްކޫލުން އަޕްލޯޑްކުރި ހުރި ބައެއް ފޮޓޯތައް މިހާރަކު ނެތެވެ. އެކަން ބައެއް ބެލެނިވެރިންނަށް ފާހަގަކުރެވިފައިވާ ކަމަށް ބައެއް ބެލެނިވެރިން ބުންޏެވެ.

ހިރިޔާ ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާ ބާއްވާފައި ވަނީ މިމަހުގެ 6 ވަނަ ހޮނިހިރު ދުވަހުގެ ރެއެވެ.

ހިރިޔާ ސްކޫލަކީ ގްރޭޑް 1 އިން 10 އަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.