ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
މި މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ފުރުސަތު ހުޅުވާލި އިއުލާނުގައި ވާގޮތުން މި މަގާމަށް ކުރިމަތި ލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ މީހުންނަށެވެ.
އެމީހަކީ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާމީހަކަށް ވެސް ވާންޖެހެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ތަޖުރިބާ
2 (ދޭއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް ވެސް ވާންޖެހެއެވެ.
މި މަގާމުގެ މުސާރައިގެ ގޮތުގައި 30 ހާސް ރުފިޔާ ލިބޭއިރު، ލިވިން އެލަވަންސަށް މަހަކު 15 ހާސް ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 1375 ރުފިޔާ ލިބެއެވެ. އަދި ރައްޔިތުންގެ މަޖިލިސްއިން ކަނޑައަޅާފައިވާ ގޮތުގެ މަތިން ބޭސްފަރުވާއާއި ފޯނު އެލަވަންސް ވެސް ލިބޭނެއެވެ.
މި ޤާމަށް އެދި ހުށަހަހަޅަން ޖެހެނީ 22 މޭ 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިންނެވެ. އަދި ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.
މި މަގާމާއިގުޅޭ އިތުރު މައުލޫމާތު އެކަމަށްކޮށްފައިވާ ޢިއުލާންގައި ހިމެނޭއިރު، މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ ގުޅަންޖެހެނީ ޖޭއެސްސީގެ 3303501 ނަންބަރަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!