ހދ. ނޮޅިވަރަމުން މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި ހަޔަރު ކޮށްފައި ވަނީ ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށިން ނޮޅިވަރަމަށް އައިވަގުތު ފުލުހުން އެ ރަށު ބަނދަރުމަތިން އޭނާ ބަލައި ފާސްކުރުމުގެ ތެރޭ މަސްތުވާތަކެތިކަމަށް ސައްކުކުރެވޭ އެއްޗެހި އަޅާފައިވާ ރަބަރު ޕެކެޓްތަކެއް އޭނާ އަތުން ފެނުމާއި ގުޅިގެންނެވެ.
މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނޮޅިވަރަމް ސްކޫލުގައި އިސްލާމް ޓީޗަރަކަށް އުޅޭތާ މިހާރު ވަނީ ދިހަވަރަކަށް އަހަރުވެފައެވެ. އޭނާއާއި މެދު މަސްތުވާތަކެއްޗާއި ގުޅުންހުރި ކަންކަމަށް ޝައްކުކުރެވޭތީ އެ ސްކޫލްގެ ބެލެނިވެރިންގެ ޝަކުވާވެސް އޮންނަކަމަށް ވެއެވެ.
މި މައްސަލައާއިގުޅިގެން މިހާތަނަށް ފުލުހުން އަދި މައުލޫމާތު ހާމަކުރައްވާފައެއްނުވެއެވެ.
ނޮޅިވަރަމްގައި މަސްތުވާތަކެތީގެ މައްސަލަބޮޑުވެގެން މީގެ ކުރިން އެރަށުގައި ވަނީ އަޑު ވެސް އުފުލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!