އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތު ސިންގް، މެއި 1 ގައި ރާއްޖެ ވަޑައިގަންނަވާނެކަމަށް ޚަބަރުތައް ބުނެފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ދާޚިލީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި މިއީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށް ބައެއް ރިޕޯޓުތައް ވަނީ ބުނެފައެވެ.

Ad
rt

ރާޖްނާތު ސިންގް ގެ މި ދަތުރުފުޅުގައި ރައީސް ސާލިހާއި، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި ރާއްޖޭގެ ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ ގެ އިތުރުން ބައެއް އެހެން ފަރާތްތަކާ ވެސް ބައްދަލުކުރައްވައި، މަޝްވަރާ ކުރެއްވުމަށް ނިންމާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިއާގެ ދިފާއީ ވަޒީރު ރާއްޖެ ވަޑައިގަންނަވާއިރު، އިންޑިއާގެ ޗީފް އޮފް އެއަރ ސްޓާފް، ޗީފް މާޝަލް ވީއާރް ޗޯދަރީ ހަމަ އެ ދުވަހު ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.