ކްރިމިނަލް ކޯޓުގެ ގާޟީ ހަސަން ސައީދު، ފަނޑިޔާރު ކަމުގެ މަގާމުން ރިޓައަރ ކުރައްވައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) އިން ބުނީ ގާޟީ ހަސަން ސައީދު ރިޓައަރ ކުރައްވަން ނިންމެވީ މާރިޗު 20 ގައި ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކަމަށެވެ. އަދި އެއީ އޭނާގެ އެދިވަޑައިގަތުމާވެސް އެކު އުމުރުން 55 އަހަރު ވެފައިވުމާއި ގުޅިގެން ކަމަށެވެ.

Ad
rt

ފަނޑިޔާރެއްގެ ގޮތުގައި 21 އަހަރު މަސައްކަތް ކުރައްވާފައިވާ ހަސަން ސައީދު ރިޓައަރ ކުރެއްވީ މިއަދުން ފެށިންނެވެ.

އޭނާ ވަނީ ފެމިލީ ކޯޓުގެ އިސްގާޟީކަންވެސް ކުރައްވާފައެވެ.

އެކޯޓުގެ އިސް ގާޟީ ކަމުގައި އޭނާ ހުންނެވި ދުވަސްވަރުގައި ކޮމިޝަނުން ބެލި ސުލޫކީ މައްސަލައެއްގައި ދާދި ފަހުން އެ ކޮމިޝަނުން ވަނީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑުކުރުމަށް ނިންމައި، އަލުން އެމައްސަލަ ސާބިތުނުވާ ކަމަށް ވެސް ނިންމާފައެވެ.