މި އަހަރު (1444) ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޫކޮށްފައިވާ ތިން ކުންފުނީގެ މަޢުލޫމާތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކޮށްފިއެވެ.

މި އަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދޫކޮށްފައިވާ ތިން ކުންފުންޏަކީ އަލްހަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އެވެ.

Ad
rt

ކުންފުނިތަކަށް ކަނޑައަޅާފައިވާ އަގުތަށް އުޅެނީ އެވްތެޖްކޮށް ހަތްދިހަފަސްހާސް ރުފިޔާގައެވެ. މިގޮތުން އަލްހަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަނޑައަޅާފައިވާ އަގަކީ 75،250 ރުފިޔާއެވެ. ސިސިލްފަރު ހައްޖު އެންޑް އުމްރާ ޕްރައިވެޓް ލިމިޓެޑް 75،465 ރުފިޔާ ކަނޑައަޅާފައިވާއިރު، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑަށް ކަނޑައަޅާފައިވާ އަގަކީ 75،000 ރުފިޔާއެވެ. މި ކޮންމެ ކުންފުންޏަކަށް ވެސް ދޫކޮށްފައި ވަނީ 90 ކޯޓާއެވެ.

ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެކެވެ.