“ޕެންޓަރގުރާމް ބޮޑު ޗުއްޓީ ސޭލް” މިފަހަރު ހދ އަތޮޅުގެ 4 ރަށެއްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ޕެންޓަރގުރާމް ބޮޑު ޗުއްޓީ ސޭލް މިފަހަރު ހދ އަތޮޅުގެ 4 ރަށެއްގައި ބާއްވަން ހަމަޖެހިފައިވާއިރު މިމަހުގެ 3 ވަނަ ދުވަހު ސޭލް ފަށާފައިވަނީ ނޮޅިވަރަމުންނެވެ. 5 ވަނަ ދުވަހާއި 6 ވަނަ ދުވަހު ނޮޅިވަރަންފަރުގައި ސޭލް ކުރިއަށްދާއިރު 8 އަދި 9 ވަނަ ދުވަހު ސޭލް އޮންނާނީ ކުރިނބީގައެވެ. ސޭލް ގެ އެންމެ ފަހު ރަށެއްގެ ގޮތުގައި ކުރިއަށްދާނީ ނެއްލައިދޫގައެވެ.

ޕެންޓަރގުރާމަކީ ޒަމާނީ ފަހުގެ އަންނައުނާއި ކޮލިޓީ މުދާ އެއްތަނަކުން ހޯދުމަށް ކުޅުދުއްފުށީގައި ހުރި އެއްމެސަޅި ފިހާރަކަމަށް ދެބަސްވާނޭ މީހަކު ހުއްނާނެ ކަމަށް ގަބޫލެއްނުކުރެވެއެވެ. ކުޅުދުއްފުށީގައި ހުންނަ މިފިހާރައިން އަންނަނީ އަބަދުވެސް ތަފާތުއެކި ސޭލްތައް ބާއްވަމުންނެވެ.
ހަމަ އެއާއެކު ތަފާތު އެކި މުބާރާތްތަކާއި ޓީމްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޕެންޓަރގުރާމްއަކީ ޒުވާނުންގެ މެދުގައި މަގުބޫލު ފިހާރައެކެވެ.
ޕެންޓަގުރާމްގެ ބޮޑު ޗުއްޓީ ސޭލާ އެކު ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ ރަށްރަށުގައިވެސް އަގުހެޔޮކޮން ކޮލިޓީ މުދާ ގަނެލަން ޕެންޓަގުރާމުން ހުޅުވާލާފައި މިއޮތީ ރަނުގެ ފުރުޞަތެކެވެ.

ޕެންޓަރގުރާމުން ބާއްވަމުން އަންނަ މިސޭލްތަކަށް ރަށްރަށުން ލިބެމުން އަންނަ ތަރުހީބަށް ޕެންޓަރގުރާމްގެ މެނޭޖްމަންޓުން ޝުކުރު އަދާކުރާކަމުގައި އެފަރާތުން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!