ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގެ ބޮޑު ހަތަރު މިސްކިތުގައި ނެވިލޯން އަޅަން ބަޔަކާއި ހަވާލުކޮށްފިއެވެ.
އިހަވަންދޫ ކައުންސިލުން ވަނީ 75 ދުވަސްތެރޭ ނެވިލޯން ސަޕްލައިކޮށް އެ ރަށު ބޮޑު ހަތަރު މިސްކިތުގައި ނެވިލޯން އަޅައި ނިންމުމަށް އެރިސްޑެކަރ ކުންފުންޏާއި ހަވާލުކޮށްފައެވެ.
މި ޕްރޮޖެކްޓްގެ ދަށުން އިހަވަންދޫ ކައުންސިލުން ނެވިލޯން އަޅަން ނިންމާފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ މަސްޖިދުއް ތައުބާ، މަސްޖިދުއް ތަޢާވުން، މަސްޖިދުއް ނަސްރުގެ އިތުރުން މަސްޖިދުއް އަބޫބަކުރު ޞިއްދީޤު ރަޟިޔަﷲ އަންހު އެވެ.
އިހަވަނަދޫ ކައުންސިލުން މި މަސައްކަތް އެރިސްޑެކަރ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 559440.00 (ފަސްލައްކަ ފަންސާސް ނުވަހާސް ހަތަރުސަތޭކަ ސާޅީސް ރުފިޔާ) އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!