މާލޭގައި ހުންނަ އޮފީހެއް ފަޅާލައި 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި ފަޅާލާފައި ވަނީ މާލޭ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރަތަަމަ ފަންގިފިލާގައި ހުންނަ އޮފީހެކެވެ.

Ad
rt

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ތުހުމަތުގައި މާލެއިން އުމުރުން 43 އަހަރުގެ ފިރިހެނެއް މިއަދު ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅުނު ތަން ބަލައިފާސްކޮށް 5 ލައްކައަށްވުރެ ގިނަ ރުފިޔާ ފުލުހުން ވަނީ ހޯދާފައެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ވިދާޅުވިގޮތުގައި މި މައްސަލަ އެ އިދާރާގެ ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހްގީގު ކުރަމުންނެވެ.

މާލޭގައި ހުންނަ އޮފީހެއް ފަޅާލައި 7 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު، ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ގެ ހުސްކޮށްފައި ގެއިން ބޭރަށްދާނަމަ، ދިއުމުގެ ކުރިން ގޭގެ ހުރިހާ ކުޑަދޮރުތަކާއި ބެލްކަނިދޮރު، ފެންލައިޓު އަދި ވައިގޮޅި ފަދަ ތަންތަންވެސް ވައްކަންކުރުމަށް މަގުފަހިނުވާނޭހެން ރަނގަޅަށް ތަޅުލުމަށާއި، ފޯނު، ލެޕްޓޮޕް، ޓެބްލެޓް، އައިޕެޑް، ވޮލެޓް، އަތުކުރީގަޑި އަދި ފައިސާއާއި އެހެނިހެން ތަކެތިވެސް ވައްކަންކުރުމަށް މަގުފަހިވާގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެއިތުރުން އޮފީސް އިމާރާތްތަކާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެގޮތުން، އޮފީސްތަކާއި ފިހާރަތައްވެސް ބަންދުކޮށްފައިދާއިރު ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.