ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި ބަޔަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެ މައްސަލައިގާ 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ހަތަރު ފިރިހެނުން ކަމަށެވެ.

Ad
rt

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯ އަދި ފޮޓޯ އިން ފެންނަގޮތުގައި ރައީސްގެ މޮޓޯކޭޑު ބޮޑުތަކުރުފާނު މަގުން ދަތުރުކުރަނިކޮށް ހުރަސްއަޅާފައިވަނީ އެ ސަރަހައްދުގައި އޭރު މުޒާހަރާ ކުރަން ތިބި މީހުންގެ ތެރެއިން ބައެކެވެ.

އެއީ މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުންދާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ސަޕޯޓަރުން ކުރަމުންދިޔަ މުޒާހަރާއެކެވެ. ރޭ ރައީސްގެ މޮޓޯކޭޑް ފެނުމާ އެކު އޭގެ ތެރެއިން ބަޔަކު މަގު ބަންދުކޮށް މަގު މެދުގައި އިށީނުމުން ރައީސްގެ މޮޓޯކޭޑަށް ކުރިއަށް ދެވޭގޮތް ނުވިއެވެ.

ރައީސްގެ މޮޓޯކޭޑު ދަތުރުކުރީ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ހަފުލާގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެންނެވުމަށެވެ.