13 ވަނަ ”މައިކަޕް“ގެ ގުރުއަތުލުން ބާއްވައިފި

CD37D24C-F780-4148-85D6-9DF6728ADCAA

ހއ. އިހަވަންދޫގައި ބާއްވާ ހއ އަތޮޅުގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ’މައިކަޕް‘ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގައި މިއަހަރު 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

އިހަވަންދޫ ޒުވާނުންނަށާއި އިހަވަންދޫ ފިޔަވައި ހއ އަތޮޅުގެ ކުލަބު ޖަމުއްޢިއްޔާތަކާއި ކުންފުނިތަކާއި ރިސޯރޓްތަކާއި ސަރުކާރު މުއައްސަސާތަކުގެ ޓީމުތަކަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ މާރަންދޫ ބަނޑޭރި ސްޓަރ ސްޕޯރޓްސް ކުލަބް، ޖަންގަލް، ސެން ސިޓީ، އުނައިޓެޑް ޔޫތް، ގަބީލާ، އަރާދުވާ، ކުލިމަގު، މާރަންދޫ ޔޫތު ސޮސައިޓީ، އެންވީކޭ، ޖޭއޭ މަނަފަރު، ދިއްދޫ އެޗްއެން ސްޕޯރޓްސް ކުލަބް އަދި އެފްސީ ބޮޑު މަގު އެވެ.

ކުލަބް ޕޯލްސް ސްޓާރ އިންތިޒާމްކުރާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު އެވެ. މިމުބާރާތް ކުރިއަށްދާނީ 3 ގުރޫޕަކަށް ބަހާލައިގެން ގުރޫޕެއްގައި 4 ޓީމް ކުޅޭ ގޮތަށެވެ. ގުރޫޕް ސްޓޭޛްގެ މެޗުތަށް މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު ކުއަރޓަރ ފައިނަލްގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގައެވެ. ސެމީ ފައިނަލް މެޗުތައް މިމަހުގެ 17 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މިމުބާރާތުގެ ފައިނަލް އޮންނާނީ މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުކަމަށް ޕޯލްސްޓަރ އިން މަޢުލޫމާތުދެއެވެ.

މިމުބާރާތް މެދުނުކެނޑި ކުރިއަށް ގެންދާތާމިއީ 13 އަހަރު ވެފައިވާއިރު އެހެން އަހަރު ތަކެކޭވެސް އެއްފަދައިން މި އަހަރުގެ މުބާރާތުގަވެސް ޗެމްޕިއަން ޓީމަށް 75000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައިއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *