ހދ. ނޮޅިވަރަމްގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގުރާމްގެ ނިމުން ފާހަގަކޮށްފިއެވެ.
މި ޕްރޮގްރާމަކީ، ނޮޅިވަރަމު އަންހެންނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ނޮޅިވަރަމް ޕޮލިސް ސްޓެޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ކަސްރަތު ޕްރޮގުރާމް ކުރިއަށް ގެންދިޔައީ އެއް މަސްދުވަހުގެ މުއްދަތަށް، 15 ފެބުރުއަރީން 15 މާރިޗް 2023 އަށެވެ.
މި ޕްރިގުރާމްގެ މަގުސަދަކީ ނޮޅިވަރަންގެ ރައްޔިތުންނަކީ ދުޅަހެޔޮ ފުރިހަމަ ސިއްޙަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި، ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުޅުން އިތުރަށް ވަރުގަދަ ވެގެން ދިޔުމެވެ.
މޫދާއި އެއްގަމުގައި ކުރިޔަށް ގެންދެވުނު މި ޕޮގުރާމް 55 ބައިވެރިން ފުރިހަމަ ކޮއްފައިވެއެވެ.
އެންމެ ބޮޑަށް ބަރުދަން ލުއިކުރި ޒިހުނާ،
މޮޕްރޮގުރާމްގައި އެންމެ ބޮޑަށް ބަރުދަން ލުއިކޮއްގެން އެއްވަނަ ބައިވެރިއެއްގެ ގޮތުގައި ހޮވިފައިވަނީ ހދ.ނޮޅިވަރަމް / ފަޒާ، ޒިހުނާ މުޙައްމަދުއެވެ. ޒިހުނާ މުޙައްމަދުގެ ބަރުދަން ވަނީ 12.8 ކިލޯ ގުރާމް ލުއިވެފައެވެ.
މީގެ ކުރީންވެސް ނޮޅިވަރަމު އަންހެންނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން ވެސް އަދި ޕޮލިސް ސްޓެޝަނުން ވެސް ވަނީ މިފަދަ އިޖުތިމާއީ، ސިއްހީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ބާއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!