މިއަހަރުގެ ރަމަޟާންމަހާ ގުޅުވައިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެޗްޑީސީ) އިން ހުޅުމާލޭ ރައްޔިތުންނަށް ޚާއްސަ އާއިލީ ހަވީރެއް ބާއްވަން ނިންމައިިފިއެވެ.

އެ ކުންފުނިން ބުނީ ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު އެ ކުންފުނީގެ ފަރާތުން ބާއްވާ ޢާއިލީ ހަވީރަކީ ހުޅުމާލޭގެ ރައްޔިތުންނަށް ކުންފުނީގެ ފަރާތުން ދޭ މާހެފުމެއްގެ ގޮތުގައި ބާއްވާ ހަވީރެއް ކަމަށެވެ.

Ad
rt

ކުދިބޮޑު ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވެވޭ ގޮތަށް މިއަދު ހަވީރު 4:00 އިން 6:00 އަށް ބާއްވާ މި ޢާއިލީ ހަވީރު ކުރިއަށް ދާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބާބަކިއު ބީޗު ސަރަހައްދުގައެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ވެސް އެއްބަޔަކު އަނެއް ބަޔަކާ ގުޅުން ބަދަހި، އަދި އެކުއެކީގައި އުޅޭ މުޖުތަމައުއެއްގެ ގޮތުގައި ބިނާކުރުމަކީ އެ ކުންފުނިން އަބަދު ވެސް އިސްކަންދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެކަން ކަށަވަރުކުރުމަށްޓަކައި އެ ކުންފުނީގެ ފަރާތުން މީގެ ކުރިން ވެސް އެކި ކަހަލަ ހަރަކާތްތައް ރާވާ ހިންގާފައިވާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.