''ރަމަޟާން މަހާ ކުރިމަތިލާންވާނީ އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ޘަވާބަށް އެދޭ ހާލު''

KadaJeRamazanibajram-660x330

މާތްވެގެންވާ ރަމަޟާން މަހާ ކުރިމަތިލާއިރު، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ފުރިހަމަ ތައުބާވުމަކުން ތައުބާވުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ޚުތުބާގައި ބުނީ އަހަރުމެންނާ ކުރިމަތިވަމުން މި އަންނަނީ ހެޔޮކަމާއި ދަރުމައިން އަދި ބަރަކާތުން ފުރިގެންވާ މެހުމާނެއް ކަމަށެވެ. މި މަތިވެރި މެހުމާނަށް އެކަށީގެންވާ އިސްތިގުބާލަކުން، އިސްތިގުބާލު ކުރަން ޖެހޭ ކަމަށާއި މެހުމާންދާރީ އަދާކުރަންޖެހޭ އެންމެފުރިހަމަ ގޮތުގައި އަދާކުރަންޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ އަހަރުމެންގެ ހަޔާތުގައި ކުރެވެމުންދާ ކުށްފާފަތަކާއި ދުރުވެ، އާ ހަޔާތަކަށް ބަދަލުކުރުމާއިއެކު ރަމަޟާން މަހާ ބައްދަލުކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ. އަދި އަހަރުމެން މި ބަރްކާތްތެރި މައްސަރުގެ ދުވަސްތަކާ ކުރިމަތިލާން ވާނީ ފުރިހަމަ އީމާންކަމާއެކު، އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ޘަވާބަށް އެދޭ ހާލުގައި ކަމަށް ވެސް ބުންޏެވެ.

"ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން އަހަރުމެން ކުރަންޖެހޭ އެންމެމުހިންމު އެއްކަމަކީ ރޯދައިގެ ޝަރުޢީ ހުކުމްތައް ދެނެގަތުމެވެ. ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ޘަވާބާއި ދަރުމަ ލިބޭގޮތަށް ރޯދަ ހިފާނެގޮތް ދަސްކުރުމެވެ. އެއީ ރޯދަ ގެއްލޭ ކަންތައްތަކާ ރޯދައަށް ހުރެ ކުރުން މަކުރޫހަ ކަންތައްތައް ދެނެގަނެ އެކަމުން ދުރުހެލުވުމަށްޓަކައެވެ. ރޯދައިގެ ހިސާބެއް ނެތް މަތިވެރިވެގެންވާ އަޖުރު ލިބިގަތުމަށްޓަކައެވެ." ޚުތުބާގައި ބުނެފައި ވެއެވެ.

"ރަމަޟާން މަހަށް ތައްޔާރުވުން" މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ކީރިތި ރަސޫލާގެ ހަދީޘްފުޅުތަކުން ދަލީލު ދައްކަމުން ވަނީ ރޯދަ ހިފަންޖެހޭގޮތަށް ނުހިފާނަމަ، މި މަތިވެރި ޘަވާބާއު ދަރުމަ ލިބޭނޭތޯ ސުވާލު ކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *