މި އަހަރުގެ ރަމަޟާން މަހު ސަރުކާރުގެ އޮފީސްތައް ހުޅުވާ ގަޑި އާންމުކޮށްފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހު ވެސް ސަރުކާރުން ރަސްމީ މަސައްކަތްތައް ކުރާނީ ހަތަރު ގަޑިއިރަށް ކަމަށެވެ.
އެގޮތުން ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށް ވަނީ ނިންމާފައެވެ.
ފައިބެއަހަރު ގެ ރަމަޟާން މަހު ވެސް ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑި ހަމަޖައްސާފައިވަނީ މިގޮތަށެވެ.
ކޮންމެ އަހަރަކު ވެސް ރަމަޟާން މަހު ސަރުކާރާއި އަމިއްލަ ވިޔަފާރިތަކުން މަސައްކަތު ވަގުތަށް ބަދަލު ގެނެއެވެ.
ކަލަންޑަރުގައިވާ ގޮތުން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި މާރިޗު މަހުގެ 23 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!