އިއްޔެއިން ފެށިގެން ހުއްޓާނުލާ މިއަދު މެންދުރާ ހަމައަށް އުތުރުގެ ރަށްތަކަށް ކުރަމިންދާ ވިއްސާރައިގައި ނޮޅިވަރަންފަރުގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، 50 ގެޔަކަށް ފެންވަދެގެން މިހާތަނަށް ރިޕޯޓްކޮށްފައިވާކަމަށް ނޮޅިވަރަބްފަރު ކައުންސިލުން ބުނެފި އެވެ.
ކައުންސިލްގެ ރައީސް އަހްމަފު އިބްރާހިމް ވިދާޅުވީ، ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން 50 ގެޔަކަށް ފެންވަދެ ގެއްލުން ލިބިފައިވާކަމުގެ ރިޕޯޓް ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
Raajje ah kuramundhaa vissaaraigai Hdh. Nolhivaranfaruge 50 ge avvure ginage ah vanee fenvadhe bodethi gellunthah vefai, pic.twitter.com/lvzYPqqc3w
— Secretariat of Nolhivaranfaru Council (@OfSecretariat) December 1, 2019
ކައުންސިލްގެ ރައީސް ވިދާޅުވީ ޗައިނާ ޓައުންގެ ހުރިހާގެޔަކަށް ފެންވަދެފައިވާކަމަށާއި އަދި އިތުރު އެހެން ސަރަޙައްދަކުން 4 ގެއަކަށް ފެންވަދެފައިވާކަމަށާއި މިކަމުގެ ސަބަބުން ބަޔެއް ގެތަކުގައި މިރޭ ނިދާ އަދި ކައްކާހަދަން އުނދަގޫވާނެކަމަށެވެ. ޗައިނާ ޓައުން އަކީ ވިއްސާރަ ވެއްޖެނަމަ އާންމުކޮން ފެންބޮޑުވަމުން އަންނަ ސަރަހައްދެކެވެ.

އެމްއެންޑީއެފްއާއި ފުލުހުން އަދި މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސް ވަރެކެވެ. އެގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ވޭތުވެދިޔަ 2 ދުވަހު ސަމާލުވުމަށް އެދި ޔެލޯ އެލާޓް އަދި ވައިޓް އެލާޓް ރާއްޖޭގެ އެކި ހިސާބުތަކަށް ނެރެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!