މާފަރު އިންޓަރނޭޝަނަލް އެެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.
މިއަދު 09:00 ގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރި މޯލްޑިވިއަންގެ ޝެޑިއުލް ފުލައިޓް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދުގެ 09:40 ގައެވެ. މާލެއިން މާފަރަށް ދިއުމަށް ނަގަނީ 40 މިނެޓެވެ.

އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް މާފަރަށް މިއަދު ހެނދުނު ފެށިފައިވާއިރު އެކަން ރަސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 4:00 ގަ އެވެ.
Introducing flights to N. Maafaru effective 1st December 2019. One way fare starting from MVR 750/-
*Conditions apply
For details contact 3335544 or any of our Maldivian office. #NMF #Maldivian pic.twitter.com/jA0IzbfY8W— Maldivian (@MaldivianAero) November 28, 2019
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމާ އެކު، ބައިނަލްއަގްވާމީ ދަތުރުތައް ވެސް އެ އެއާޕޯޓަށް ފަށާނެ އެވެ. މިއީ އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރަށް ވެސް ޖެއްސޭ ފެންވަރުގެ އެއާޕޯޓެވެ. މާފަރަށް މާލެއިން ދިއުމުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 750ރ. އެވެ.
އެއާޕޯޓަށް ޓެސްޓް ފްލައިޓުތައް ޖެއްސީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!