ބްރޯ، ތިވަރަށް ގަސްކާނާ ނުދީވެސް ވާނެޔޭ!

hero agri fertilizers

މާގިނައިން ގަހަށް ކާނާ ދިނުމަކީ ރާއްޖޭގައި ދަނޑުވެރިކަން ކުރާ ގިނަ ބަޔަކު ނޭގިނަމަވެސް ކޮށްއުޅޭ ކަމެކެވެ. މިއީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ބެލިކަމުގައި ވިޔަސް، ރަށްފުށުގެ ދަނޑުވެރިކަމުގައި އާއްމުކަމެކެވެ.

މިހެން ދިމާވަނީ ދަނޑުވެރީންނަށް ދަނޑުވެރިކަމާ ބެހޭ، ޚާއްޞަކޮށް ގަސްކާނާއާ ބެހޭ މަޢުލޫމާތު، ރަނގަޅަށް ލިބިފައި ނޯންނާތީ އެވެ.

މާގިނައިން ގަސްކާނާ ބޭނުންކުރުމަކީ އާދައެއްވެސް މެއެވެ. މި އާދަ ހަރުލާފައި ހުންނަ ދަނޑުވެރީން ޤަބޫލުކުރަނީ ގަސް ހެއްދޭނީ ތަފާތު މަރުކާތަކުގެ ތަފާތު ގިނަ ކާނާ ބޭނުންކޮށްގެން ކަމުގަ އެވެ. ފަހަރުގައި މިއީ ފެންނަ ފެނުމުގައި ޙަޤީޤަތަކަށް ވެސް ވެދާނެއެވެ.

ތަފާތު ގިނަ ކާނާ ބޭނުންކޮށް ކުރާ ދަނޑުވެރިކަމުގައި ލިބޭ މަތިވަރާއި އާއްމުދަނީ ފުރަތަމަކޮޅު މަތިވެދާނެއެވެ. ނަމަވެސް ދުވަސްކޮޅަކުން ފަސްގަނޑުގެ ބާރުގޮސް، ދުވަހެއް ދުވަހަކަށް ވުރެ ގަސް ހައްދައި މަތިވަރު ހޯދަން ކުރަންޖެހޭ ހޭދަ މަތިވަމުންގޮސް އެންމެފަހުން ލިބޭ އެއްޗަކަށް ވުރެ ހޭދަ އިތުރުވެދާތަން އާދެއެވެ. އެހެންކަމުން މިއީ ދެމެހެއްޓެނި ދަނޑުވެރިކަމެއް ނޫނެވެ.

ދަނޑުވެރިކަންކުރަން ވިސްނާ މީހުން ފުރަތަމަވެސް ތަފާތު ވައްތަރުގެ ގިނަ ކާނާއާއި ބޭސްތައް ކުރީބައިގައި ހޯދައި އުޅުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. މިގޮތަށް ތަކެތި ޖަމާކުރާއިރު އެއްކަމަކަށް ބޭނުންކުރާ ތަފާތު ކާނާތައް ގިނަ ފަހަރަށް ހޯދިފައި ހުރެއެވެ.

ގެރިގުއި އަދި، ކުކުޅުގުއި އެކުލެވޭ 'ޔުނިގުރޯ' ކާދަކީވެސް ގަސްކާނާ އެވެ. މިފަދަ ތަކެތި ގަހުގެ ހުރިހާ އުމުރެއްގައިވެސް ބޭނުންކުރެވެއެވެ. އަދި ދިގު މުއްދަތުގައި ފަސްގަނޑުގެ ބާރުކެނޑިގެން ދިޔުމުގެ ބަދަލުގައި މިފަދަތަކެތިން ދުވަހެއް ދުވަހަކަށް ވުރެ ފަސްގަނޑުގެ ބާރު ގަދަކޮށްދީ ފަސްގަނޑު މުއްސަނދިކޮށްދެމުން ގެންދެއެވެ.

މީގެ މާނައަކީ ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރުމުގައި، ގަސް ހެދިބޮޑުވުމާއި ތަކެތިއެޅުވުމަށް ތައްޔާރުކޮށްފައި ހުންނަ ތައްޔާރީ ކާނާ ބޭނުން ނުކުރެވުމެއް ނޫނެވެ. މިފަދަ ކާނާއަށް ބަރޯސާވާނީ ގަހުން ކާނާ އުނިވާ ޙާލަތުގައި މަދުވާ ކާނާ ގަހަށް ފޯރުކޮށް ދިނުމަށެވެ. ނުވަތަ މައު އެޅުމާއި ތަކެތި އެޅުމުގައި ދިމާވާ މައްސަލަތާއި ގަހުގެ އެހެނިހެން ކަންކަން ތަރައްޤީކުރުމަށް ޚާއްސަކުރެވިފައި ހުންނަ ކާނާ ނަމަ އެފަދަ ކަންކަން އަވަހަށް ރަނގަޅުކުރުމަށެވެ.

ސުވާލެއް އުފެދިދާނެއެވެ. ދެން އެހާ ގިނަ ވައްތަރުތަކުގެ ތަފާތު ތައްޔާރީ ކާނާތައް ތައްޔާރުކޮށް ވިއްކަން އެހުންނަނީ ކީއްވެ ހެއްޔެވެ؟ ޖަވާބަކީ އެއީ ވިޔަފާރިއެވެ. ގޯސް ވިޔަފާރިއެއްވެސް ނޫނެވެ!

މި ލިޔުމުގައި 'ކާނާ' ބޭނުންކޮށްފައި އެވަނީ 'ފަޓިލައިޒަރ' އަށެވެ. ބޭހަކީ ކާނާއެއް ނޫނެވެ. ކާނާއަށް ބޭހޭ ކިޔާލެއް އާއްމުވެފައިވާ މިންވަރުން މި ވާހަކަ ދަންނަވާލީއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވިޔަފާރި އުޞޫލުން ދަނޑުވެރިކަން ކުރުމުގެ އެހާ މަޢުލޫމާތު ހުރިކަމަށް ޤަބޫލު ނުކުރެވޭ. ފޮތުގައި އޮންނަ ގޮތާ ތަޖުރިބާގެ ޢަލީ ގަ މިކަންކުރުމަކީ ވަރަށް ތަފާތު ކަމެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *