"ގުލޯބަލް އެންވިރަމަންޓް ފެސިލިޓީ ސުމޯލް ގްރާންޓްސް ޕްރޮގުރާމް މޯލްޑިވުސް" ދަށުން މަދަނީ ޖަމިއްޔާތަކަށް ފޯރުކޮށްދޭ ހިލޭއެހީ، އެންމެ ރަނގަޅު ޕުރޮޕޯސަލްތައް ހުށައެޅި ފަރާތްތަކާއި ހަވާލުކޮށްފިއެވެ.
ހިލޭއެހީ ކަމިޔާބުކުރި ފަރާތްތަކަށް، ކާމިޔާބުކުރިކަމުގެ ލިޔުން ހަވާލުކުރުމަށް ހާއްސަ ހަފްލާއެއް ވަނީ މިމަހުގެ 28 ވަނަ ދުވަހު ސެންޓުރަލް ހޮޓެލްގައި ބާއްވަފައެވެ. މި ހަފްލާގައި ލިޔުންތައް ހަވާލުކޮށްދެއްވީ ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިންރިސޯރސަސް އެންޑް އެގުރިކަލްޗަރ ޒަހާ ވަހީދުއެވެ.
"ގުލޯބަލް އެންވިރަމަންޓް ފެސިލިޓީ ސުމޯލް ގްރާންޓްސް ޕްރޮގުރާމް މޯލްޑިވުސް" އަކީ ޔޫ.އެން.ޑީ.ޕީ މޯލްޑިވުސް އާއި ގުޅިގެން ރާއްޖޭގެ މަދަނީ ޖަމިއްޔާތަކަށް މުޖުތަމައުއަށް ފައިދާހުރި އެކިއެކި މަސައްކަތްތައް ކުރުމަށް ހިލޭއެހީ ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގުރާމެކެވެ. ހިލޭއެހީ ފޯރުކޮށްދޭ ދާއިރާތަކުގެ ތެރޭގައި ތިމާވެށި ރައްކާތެރިކުރުން، ދަނޑުވެރިކަން، އަންހެނުން ބާރުވެރިކުރުވުން، ރައްކާތެރި ގޮތުގައި ކުނިމެނޭޖުކުރުން އަދި ޒުވާނުން ބާރުވެރިކުރުވުން ހިމެނެއެވެ.
" އައިލެންޑް ޑިވެލޮޕްމަންޓް އެންޑް އެންވިރަމަންޓަލް އެވެއަރނެސް ސޮސައިޓީ - އައިޑިއާސް " އިން ވަނީ ޕުރޮޕޯސަލް ހުށައަޅާގެން ހިލޭ އެހީ ކަމިޔާބުކޮށްފައެވެ. އައިޑިއާސް އަކީ ހއ. ކެލާއަށް ނިސްބަތްވާ މަދަނީ ޖަމިއްޔާއެކެވެ. އައިޑާސް އިން މައުލޫމާތު ދެއްވި ގޮތުގައި މި ޕުރޮޖެކްޓަކީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ދުވަސްވީ މީހުންނަށް ރަށުގެ ގުދުރަތީ ވެށީގެ ރީތިކަން ތަޖުރިބާކޮށް، ހިތްއުފާކޮށްލުމުގެ މަގު ފަހިކޮށްދިނުމަށް ހިންގޭ ޕުރޮޖެކްޓެކެވެ. އެގޮތުން އެފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރުފަތުރުކޮށް އުޅުމަށް، ދުވަސްވީ މީހުންނާއި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފެރީއަށް އަރާފައިބެވޭނެ ވަސީލަތްތައް ގާއިމުކުރެވިގެން ދާނެއެވެ. އަދި ރަށުގެ ސިއްހީ މަރުކަޒުގައި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ފާހާނާއެއް (ޑިސްއޭބަލްގެ ޓޮއިލެޓް) ގާއިމުކުރެވިގެންދާނެއެވެ.
ރަށު ކައުންސިލާއި ސިއްހީމަރުކަޒާއި މިސްކިތާއި އަދި ބައެއް ޕާރކްތަކުގައި ވީލް ޗެއަރ ރޭމްޕް ގާއިމުކުރެވޭނެއެވެ.
މީގެ އިތުރުން ކެލާގައި އިނގިރޭސިން އުޅުން ސަރަހައްދުގައި ވިޒިޓާރ ސެންޓަރެއް ގާއިމުކޮށް، މައުލޫމާތު ބޯރޑްތައް ބެހެއްޓިގެންދާނެ އެވެ. މިތަންތަން ގާއިމުކުރެވި ގެންދާނީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ދުވަސްވީ މީހުންގެ ބެނޫންތަކަށް އިސްކަމެއް ދެވިގެންނެވެ. އަދި މިސަރަހައްދުން ކެލާ ކަނޑޫފަލުގެ ރީތިކަން ދެކިލުމުގެ އިންތިޒާމުތައްވެސް ހަމަޖެހިގެން ދާނެއެވެ.
ޖެފް. އެސް.ޕީ.ޖީ ޕުރޮގުރާމުގެ ދަށުން ހިލޭއެޙިގެ ގޮތުގައި 365،400 ދިވެހި ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައިޑިއާސް އާއި ރަށުގެ ރައްޔިތުން ގުޅިގެން ހިލޭސާބަހަށް ކުރާ މުސައްކަތުގެ ޖުމްލައަގަކި 372،000 ދިވެހި ރުފިޔާއެވެ. މި ޕުރޮޖެކްޓގެ ދަށުންކުރެވޭ ހުރިހާ މަސައްކަތެއްގެ ޖުމަލަ އަގު 738،400 ދިވެހި ރިފިޔާއށް އަރާނެ ކަމަށް އައިޑިއާއިސް މައުލޫމާތު ދެއެވެ. މި ޕުރޮޖެކުތުގެ މަސައްކަތައް ކުރިޔައަށް އޮތް 2 އަހަރިގެ ތެރޭގައި ނިންމާލެވޭނެއ ކަމަށް އައިޑިއާސް ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!