ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކުގައި ހިމެނޭ ސްކޫލުތަކުން ސްޓަޑީ ކޭމްޕް ބާއްވަން މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން އެ އަތޮޅު ކައުންސިލުން ވިދާޅުވެފައި ވަނީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ޤާބިލް މީހުންގެ އެހީތެރިކަން ދަރިވަރުންނަށް ފޯރުކޮށް ދިނުމަށްޓަކައި އެ އަތޮޅުގެ ރަށްތަކުގައި ހުރި ސްކޫލްތަކުން ހިންގާ ސްޓަޑީ ކޭމްޕްތަކަށް އެ ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލީ އެހީތެރިކަން ބޭނުންވާ އެ އަތޮޅުގެ ސްކޫލްތަކުން، ސްކޫލުގެ ނަމާއި ނިސްބަތްވާ ރަށުގެ ނަމާއި، ސްޓަޑީކޭމްޕް ހިންގުމަށް އަމާޒުކުރާ ގްރޭޑްތަކާއި ދަރިވަރުންގެ އަދަދާއި، ސްޓަޑީކޭމްޕް ހިންގުމަށް އަމާޒުކުރާ ދާއިރާތަކުގެ އިތުރުން ސްޓަޑީކޭމްޕް ހިންގުމަށް ކަނޑައަޅާ ތާރީޚް ހިމަނައި މާޗް މަހުގެ 5 ފަނަ ދުވަހުގެ 12:00 ގެ ކުރިން ސިޓީ ފޮނުވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
އަތޮޅު ކައުންސިލަށް އެޑްރެސްކޮށް ސިޓީ ފޮނުވާނީ އެ ކައުންސިލްގެ މެއިލް އެޑްރެހަށެވެ.
އީމެއިލް: info@halifatoll.gov.mv
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!