މަޖުބޫރު އުޒުރަކާއި ނުލައި ހުކުރު ނަމާދަށް ނުދާ މީހުންގެ ހިތުގައި ސިއްކަޖެހި، ހިތްތައް ބަންދުވެގެންދާނެއެވެ.

ޝަރުއީ އެއްވެސް އުޒުރަކާއި ނުލައި ހުކުރު ނަމާދަށް ދިއުމުގައި ފަރުވާ ކުޑަ ކުރުމާއި ތަފާތު ކަންކަމުގައި މަސްއޫލުވެ ތިބޭކަމީ ހިތާމަހުރި ކަމެކެވެ. ތިމާގެ ފުރާނައަށް ނުވަތަ މުދަލަށް އަމާންކަން ނެތުން ފަދަ ކަމެއް މެދުވެރުވުން ނުވަތަ އެ ނޫންވެސް ޝަރުއީ އުޒުރަކާއި ނުލައި ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެކެވެ.

Ad
rt

ހުކުރު ދުވަހުގައި ދެވޭ ހުކުރު ހުތުބާއަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި ދެވޭ ވަރަށް މުހިންމު އިރުޝާދެއް ކަމަށާއި އެ ހުތުބާއަކީ އެއާ ނުލާ ހުކުރު ނަމާދު ފުރިހަމަ ނުވާނެ އެއްޗެކެވެ.

ހުތުބާގައި މާތްﷲ އަށް ހަމްދާއި ތައުރީފު ކުރެއެވެ. އަދި ﷲ އަށް ތަގުވާވެރިވުމަށް ވަސިއްޔަތް ކުރެއެވެ. އެކަލާނގެ ނަބިއްޔާއަށް ސަލަވާތް ކިޔެވެއެވެ. އަދި މުޖުތަމައުގައި ހިނގާ ތަފާތު ކަންކަމުގައި މުސްލިމުން އަމަލުކުރަންވީ ރަނގަޅު ގޮތް ދަސްކޮށްދެނީ އެ ހުތުބާގައި. އެއީ މުސްލިމު މުޖްތަމައުގެ ދިރުމެވެ.

މަޢުލޫމާތު: "ހުކުރު ދުވަހުގެ ސަވާބާއި ދަރުމަ ހެޔޮގޮތުގައި ލިބިގަންނާށެވެ!" މި މައުޟޫއުގެ ދަށުން 26 ޖަނަވަރީ 2018 ވަނަދުވަހު ދެއްވި ހުތުބާއިން