އަސްރާގެ ހިތާއި ފުއްޕާމޭ ބަދަލުކުރުމަށް އެހީ ހޯދުމަށް އިވެންޓްތަކެއް ބާއްވަނީ

54410F3F-1827-4B70-8240-D715E17A0F4C

ހިތާއި ފުއްޕާމޭގެ ޓްރާސްޕްލާންޓްއެއް ހެދުމަށްޓަކައި އިންޑިޔާގެ ބެންގަލޫރުގައި އަސްރާ ހުންނަތާ މިއަދަށް މިވީ 1 އަހަރާއި 4 މަހެވެ. މިއަދާއި ހަމައަށްވެސް އޯރގަން ލިބިފައިނުވާތީ ޑޮކްޓަރުންވެސް ވަނީ މުންބާއީއަށް ބަދަލުވުމަށް ލަފާއަރުވާފައެވެ. މުމްބާއީގެ ހޮސްޕިޓަލްތަކުން އާސަންދަ ހަމަޖެހޭނެ ގޮތެއް ނުވުމާއި މުންބާއިއަށް ގޮސް އޯރގަންއެއް ލިބޭނެ ވަކިދުވަހެއް އަންދާޒާކުރަން ނޭންގުމާއިއެކު އަސްރާގެ އާއިލާއިން މިހާރު މަސައްކަތް ކުރަމުން ދަނީ ދުނިޔޭގެ އެންމެ ގިނައިން އޯރގަން ޑޮނޭޝަން އޮންނަ ގައުމު ކަމަށްވާ ސްޕެއިންއަށް ގޮސް އެވިލިއުއޭޝަން ހަދާ އެކޮޅުގެ ހޮސްޕިޓަކަލުން ލިއުމެއް ހޯދުމަށްކަމަށް އަސްރާގެ ފިރިމީހާ ޔާސިރު ބުނެފައިވެއެވެ.

ޔާސިރު އިތުރަށްބުނީ، ސްޕެއިންގެ ވަރަށް ގިނަ ހޮސްޕިޓަލްތަކާއި މުޢާމަލާތް ކުރެވުނުއިރު ކޮންމެ ހޮސްޕިޓަލަކުންވެސް ބުނަނީ މަދުވެގެން 3 މަސްތެރޭގައި އޯރގަން ލިބޭނެކަމަށެވެ. އެހެން ނަމަވެސް ސަރުކާރުގެ ވުޒާރާތަކަށް ބޭނުންވަނީ މިކަމުގެ ލިއެކިއުންތަކެވެ. ކަން މިހެން އޮތުމާއިއެކު ސްޕެއިން އަށްގޮސް އެވަލުއޭޝަންއެއް ހަދައިގެން ނޫނީ މިކަމާއި ގުޅޭ އެއްވެސް ލިއެކިއުމެއް ލިބޭކަށްނެތެވެ.

ސްޕެއިން އަށް އެވަލުއޭޝަންއެއް ހެދުމަށް ދާނަމަ ގާތްގަނޑަކަށް -/25000 ޑޮލަރު އެބަ ބޭނުންވެއެވެ. އެހެންކަމުން މިމަހުގެ 29 ވަނަ ދުވަހާއި 30 ވަނަ ދުވަހު ފަންޑްރައިޒިން އިވެންޓްއެއް މާލޭގައި ބޭއްވުމަށް މިދަނީ ތައްޔާރުވަމުންނެވެ. މި އިވެންޓްތަށް ބާއްވަން ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލޭގައެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ އެކި ތަންތަނުގައި ހެލްޕް އަސްރާގެ ޓީޝާރޓް ލައިގެން ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ. އާއިލާއިން ބުނީ 385,500 ރުފިޔާއަކީ ދެދަވަހުގެ އިވެންޓްއަކުން އެއްކުރެވޭނެ ވަރެއް ނޫންކަމަށާއި މިކަމުގައި ތިޔަ އެންމެ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި ހެޔޮ ދުޢާ ބޭނުންވާ ކަމަށެވެ.

އަސްރާއާއި ބެހޭ އިތުރު މަޢުލޫމާތު

https://thiladhun.com/4757

އަސްރާއަށް އެހީތެރިކަން ވެދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައި މިވާ އެކަންޓު ނަމްބަރު ތަކަށް ފައިސާ ޖަމާކޮށްދެއްވުމަށް އެ އާއިލާއިން އެދެއެވެ.

އެކަންޓުން ނަން: އައިމިނަތު އަސްރާ

އެކައުންޓް ނަމްބަރ (ރުފިޔާ) : 7730000142133

އެކައުންޓް ނަމްބަރ (ޑޮލަރު) : 7730000256391

ގުޅޭނެ ނަމްބަރ: 7795796 ޔާސިރު އަޙުމަދު (އަސްރާގެ ފިރިމީހާ)

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *