ހއ. ބާރަށުގައި ބޭސިކް އެގްރިކަލްޗަރ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށްޓަކައި، އެ ތަމްރީނުގައި ބައިވެރިވުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.
ބާރަށު ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވީ، މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް އަމާޒުކުރެވޭ ރައްތަކުގެ ތެރެއިން ބައެއް ރައްރަށުގައި ދަނޑުވެރިންނަށް އަމާޒުކޮށް ހިންގާ ބޭސިކް އެގްރިކަލްޗަރ ތަމްރީނު ޕްރޮގްރާމް އެ ރަށުގައި ވެސް ހިންގުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.
އެހެންނަމަވެސް މި ޕްރޮގްރާމަކީ ޕްރޮފްރާމް ހިންގާ ރަށްތަކުން މަދުވެގެން 15 ބައިވެރިން ލިބިގެން ހިންގަންފަށާ ޕްރޮގްރާމެއް ކަމަށްވާތީ، ބާރަށު ކައުންސިލުން ވަނީ މި ޕްރޮގްރާމް ހިންގުމަށް ރައްޔިތުންގެ އެއްބާރުލުމަށް އެދިފައެވެ.
''މި ތަމްރީނަކީ ދަނޑުވެރި ކަމުގެ ޚާއްސަ ޓެކްނިކަލް ޓްރޭނިންގ ހައްދަވައިގެން ހުންނަ ބޭފުޅަކު ރައްރަށަށް ވަޑައިގެން ހިންގަވާ ތަމްރީނަކަށް ވާތީވެ މި ތަމްރީނު އެންމެ ފުރިމަ ގޮތުގައި ގެންދެވޭނީ ވީހާވެސް ގިނަބައިވެރިންގެ އެއްބާރުލުން ލިބިގެންނެވެ.'' ބާރަށު ކައުންސިލުން ވިދާޅުވެފަވެއެވެ.
އެހެންކަމުން މިޕްރޮގްރާމްގައި ބައިވެރިވާން ބޭނުންފުޅުވެ ލައްވާފަރާތްތަކުން ނަމާއި، ރަށް، އުމުރު އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރުގެ މަޢުލޫމާތާއި އެކު 13 ފެބުރުއަރީ 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެ ކައުންސިލް އިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުމަށް ބާރަށު ކައުންސިލުން ވަނީ އެދިލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!