ކޮޅިގަނޑެއްގައި ޖެހުނު ކުރިނބީ ދޯންޏެއްގައި ތިބި 19 މީހުންނަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ގަދަ ކޮޅިގަނޑެއްގައި ޖެހި ދަތުރު ނުކުރެވިގެން ސިފައިންގެ އެހީއަށް އެދުމުން ކޯސްޓްގާޑްގެ އެހީތެރިކަމާއި އެކު ދޯނީގައި ތިބި މީހުން ހދ.ކުރިނބިިއަށް ގެންގޮސްދީފި ކަމަށެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ 19:27 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެހީތެރިކަމަށް އެދިފައިވަނީ ހދ. ކުރިނބީ މަސްލަހަތު ނަމަކަށް ކިޔާ ދޯންޏެކެވެ. މިއަދު ހަވީރު ކޭލަކުނަށް ދިޔަ މި ދޯނިން އަންހެނުންނާއި ކުޑަކުދިންވެސް ދަތުރުކޮށްފައިވާއިރު، އިރުއޮއްސޭކަންހާއިރު، ކޭލަކުނުން އެނބުރި ކުރިނބީއަށް ދަތުރުފެށި ނަމަވެސް އެވަގުތު އައި ބާރު ވިލާގަނޑެއްގައިޖެހި ދަތުރުނުކުރެވި އެ ދޯނި ވަނީ އެނބުރި ކޭލަކުނަށް ދަތުރުކޮށް ނިވަލުގައި މަޑުކޮށް އެމްއެންޑީއެފް އެހީތެރިކަމަށް އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!