މަސްތުވާތަކެތި ކަމަށް ސައްކުކުރެވޭ އެއްޗެއް ހުރި 16 ސެލޯފިންކޮޅާއިއެކު ހދ. ނޮޅިވަރަމުން މީހަކު ހައްޔަރު ކޮށްފިއެވެ.
ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެ ކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ނޮޅިވަރަމް ބަނދަރުމަތިން ހުއްޓުވައި ބަލައި ފާސްކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ.
މި މައްސަލައާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައެވެ.
މި މައްސަލަ ނޮޅިވަރަމް ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!