ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިން އަންނަ ރަމަޟާން މަހުއެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކެލާ ކައުންސިލް ޤުރުއާން މުބާރާތް 1444" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކެލާ ސްކޫލް މަދަރުސާ ތަކަށާއި ރަޖިސްޓްރީ ކޮށްގެން އެ ރަށުގައި ހިންގާ ޤުރްއާން ކުލާސްތަކަށެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކީރިތި ޤުރުއާން ކިޔަވަންޖެހޭ އެންމެ ރަނގަޅު ހަމަތަކުގެ މަތީން އެ ރަށުގައި ޤުރުއާން އުނގެނުމަށް ބާރު އެޅުމާއި، ތަރުތީލުކޮށް ކިޔެވުމުގެ ޤާބިލުކަން ވާދަވެރި ރޫހެއްގައި އުފެއްދުމާއި، އެ ރަށުގެ ދަރިވަރުންނާއި ރައްޔިތުންގެ މެދުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ހެޔޮކޮށް ކިޔެވުމުގެ ފަންނު އާލާ ކުރުމާއި، އެ އަތޮޅުގައި ބޭއްވޭ، އަތޮޅު ޤުރުއާން މުބާރާތަށް ކުދިން ހޮވައި އެ ކުދިންނަށް އިތުރު ތަމްރީނު ދިނުމެވެ.
މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ގޮތްޕަކަށެވެ. އެއީ ބަލައިގެން ކިޔުމުގެ ގޮތްޕާއި ހިތުން ކިޔުމުގެ ގޮތްޕެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މާޗް މަހުގެ 9 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކެލާ ކައުންސިލަށް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. މުބާރާތުގައި ބައިވެރިވާ ފޯމް އެ އިދާރާގެ ވެބްސައިޓުންނާއި އެ އިދާރާއިން ލިބިލައްވާނެއެވެ.
ޤަވައިދު: https://storage.googleapis.com/gazette.gov.mv/docs/iulaan/116317.pdf
ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/116316.pdf
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!