ހަނިމާދޫ ކައުންސިލާއި ހަނިމާދޫ ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ޖަވާހިރުލް ޤުރުއާން މުބާރާތް 1444" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް ހާއްސަ ކޮށްފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 16 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހަނިމާދޫ ކައުންސިލަށް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.
މުބާރާތުގައި ބައިވެރިވާ ފޯމް ދޫކުރުމާއި ބަލައިގަތުން ރަސްމީ ގަޑިތަކުގައި އެ ކައުންސިލުގައި ކުރިއަށް ދާނެއެވެ. އެ ކައުންސިލުގެ ވެބްސައިޓުން ވެސް މުބާރާތުގެ އުސޫލާއި، ބައިވެރިވާ ފޯލް ލިބިލައްވާނެއެވެ.
މި މުބާރާތުގައި ގިނަ ވަނަތަކެއް ހޮވުމަށް ނިންމާފައިވާއިރު، ފައުންޑޭޝަން ސްޓޭޖާއި އަދި ކޮންމެ ކީސްޓޭޖަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ފައުންޑޭޝަން ސްޓޭޖާއި ކޮންމެ ކީސްޓޭޖަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މި ވަނަތައް ދެ ގޮފި ވަކިން ހޮވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންމެ ގޮތްޕަކުން އެއްވަނަ ހޯދާ ފަރާތަކަށް 5000 (ފަސްހާސް) ރުފިޔާ، ދެވަނައަށް 2500 (ދެހާސް ފަސްސަތޭކަ) ރުފިޔަ، އަދި ތިންވަނައަށް 1500 (ފަނަރަސަތޭކަ) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކޮންމެ ކީ ސްޓޭޖަކުން އެއްވަނައަށް 2000 (ދެހާސް) ރުފިޔާ، ދެވަނައަށް 1500 (ފަނަރަ ސަތޭކަ) ރުފިޔާ އަދި ތިންވަނައަށް 1000 (އެއްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނެނީ ބަރަކާތްތެރި ރަމަޟާން މަސް، ކީރިތި ޤުރުއާނާއެކު ހޭދަކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދިނުމާއި، ކީރިތި ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް، ކީރިތި ޤުރުއާނާމެދު ދަރިވަރުންގެ ހިތްތަކުގައި ލޯބި އުފައްދައި އާލާކުރުމެވެ. މީގެ އިތުރަށް، ކައުންސިލްތަކުގެ ޤާނޫނުގައި ވާ ގޮތުގެމަތިން، ރައްޔިތުންނާ ގުޅުން ބަދަހިކޮށް، ރަޙްމަތްތެރިކަން އުފެއްދުމަށް މަގުފަހި ކުރުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤުޞަދެކެވެ.
އުސޫލް: https://storage.googleapis.com/gazette.gov.mv/docs/iulaan/116141.pdf
ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/116142.docx
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!