ކޮރަޕްޝަން މައްސަލައެއް ބަލަމުންދާކަމަށްބުނެ ފަތުރަނީ ދޮގު ހަބަރެއް ކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ.
ފެނަކައިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޮންލައިން ނޫސް، "ދިޔަރެސް" ގައި 26 ނޮވެމްބަރ 2019 ވަނަ ދުވަހު "ފެނަކައިގެ ކޮރަޕްޝަން މައްސަލައެއް އޭ.ސީ.ސީ ގައި ފައިލްކޮށްފި" މި މައުޟޫޢުގެ ދަށުން އެއްވެސް އަސާސެއްނެތި، ރައްޔިތުންނަށް ކަމުގެ ހަޤީޤަތް އޮޅި، ކުންފުނީގެ އަގުވެއްޓޭގޮތަށް ލިޔެފައިވާ ލިޔުމާ ގުޅޭގޮތުން ދަންނަވަމެވެ.
އިސްވެ ދެންނެވުނު ލިޔުމަކީ އެއްވެސް ހަޤީޤަތެއް އެކުލެވިގެން ނުވާ، އަދި ކަން ހިނގާފައިވާ ގޮތް ސާފުކުރުމެއް ނެތި، ހެޔޮނިޔަތުން އެއްކިބާވެ ލިޔެފައިވާ ލިޔުމެކެވެ. އަދި އެލިޔުމަކީ ޒިންމާދާރު ނޫސްވެރިކަމުގެ މިންގަނޑުތަކުން ބޭރުވެ، ކުންފުންޏާ މެދު ރައްޔިޔުންގެ މެދުގައި އިތުބާރު ގެއްލުވާލައި، ކުންފުނީގެ ނަން ކިލަނބުކޮށް، ކުންފުނީގެ ވެރިންނާއި ޒިންމާދާރު މުވައްޒަފުންގެ އަގު ވައްޓާލައި އަބުރު ކަތިލުމަށް ލިޔެފައިވާ ލިޔުމެކެވެ.
ފެނަކަސިގެ ނޫސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ފެނަކައިގެ ބަޔާނުގައު ދަންނަވާފައިވަނީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެންމެހާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުންފުނިން ކުރާ ކޮންމެ ކަމެއްވެސް ކުރަމުންދާނީ ހާމަކަން ބޮޑުގޮތެއްގައި ދެފުށް ފެންނާނެހެން، ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތުގައި ކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަމެވެ. ކުންފުނިން ދޭ ޚިދުމަތްތަކާ ގުޅިގެން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުވަން ބޭނުންވާ ފަރާތްތަކަށް އަބަދުވެސް ކުންފުނިން މަރުޙަބާ ކިޔާނެ ވާހަކަވެސް ތަކުރާރުކޮށް ދަންނަވާކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!