ރާއްޖެއާއި ޕޮލެންޑުގެ ދެޤައުމުގެ ގުޅުން ކުރިއެރުވުމަށް ޕޮލެންޑުގެ ސަފީރު، ހިޒް އެކްސެލެންސީ އެޑަމް ބްރަކޮވްސްކީ ދެއްވާ އަހަންމިއްޔަތުކަމަށް ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް ޝުކުރު އަދާކުރެއްވީ އެމަނިކުފާނު، ރައިސް ސާލިހުގެ އަރިހަށް ކުރެއްވި ވަދާއީ ޒިޔާރަތުގައެވެ.

Ad
rt

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޕޮލެންޑުގެ ސަފީރަށް މަރުޙަބާއާ ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ހާއްސަކޮށް، ބައިނަލްއަގުވާމީ މައިދާނުގައި ދެގައުމުގެ ދޭދޭގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިންނާއި ވިޔަފާރިއާއި ސިވިލް އޭވިއޭޝަން އަދި، މީހުން ބިނާކުރުމާއި، މޫސުމީ ބަދަލުކަތަކާއި ގުޅޭގޮތުން ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

ޕޮލެންޑުގެ ސަފީރު ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ރާއްޖެއާއި ޕޮލެންޑާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1984 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ.