މާލެއާއި ހުޅުމާލޭގައި ސިފައިން ހަތިޔާރާއެކު ތަމްރީނުތަކެއް ހަދަން ތައްޔާރުވެއްޖެއެވެ.

ޑިފެންސް މިނިސްޓްރީން ވިދާޅުވީ މި ތަމްރީނުތައް ފަށާނީ މާދަމާ ކަމަށެވެ. އަދި މި ތަމްރީނުތައް ކުރިއަށްދާނީ މާލެ އާއި ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ކަމަށެވެ.

Ad
rt

މިއީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް ކަމަށާއި މާދަމާއިން ފެށިގެން ފެބްރިއަރީ މަހުގެ 9 ވަނަ ދުވަހާ ހަމައަށް މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ތަމްރީނުތައް މާދަމާ ފަށާއިރު، ދާދިފަހުން ވަނީ އައްޑޫ ސިޓީގައި ވެސް ސިފައިންގެ ތަމްރީންތަކެއް ކުރިއަށް ގެންގޮސްފައެވެ.

ދޭތެރެ ދޭތެރެއިން ހަތިޔާރާ އެކު ސިފައިން މާލެއާއި މީހުން އުޅޭ ބައެއް ރަށްރަށުގައި ތަމްރީން ދަނީ ބާއްވަމުންނެވެ.

އެގޮތުން މާލޭގެ އިތުރުން ތ އަތޮޅާއި އައްޑޫ ސިޓީގެ ބައެއް ރަށްރަށުގައި މިދިޔަ އަހަރު ވެސް ވަނީ ސިފައިން ހަތިޔާރާ އެކީ ތަމްރީން ތަކެއް ކުރިއަށް ގެންގޮސްފައެވެ.