ޅ. ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިން ޔުނިޓުގެ ބިންގާ މިއަދު އަޅައިފިއެވެ.
ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވިދާޅުވިގޮތުގައި، މިއަދު ބޭއްވި ރަސްމިއްޔާތުގައި ހިންނަވަރުގައި އިމާރާތްކުރާ 50 ރޯހައުސް އާއި 50 ހައުސިން ޔުނިޓުގެ ބިންގާ ވަނީ އަޅާފައެވެ.
މި ރޯހައުސްތަކާއި، ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އަދިި ރަށު ކައުންސިލް މެމްބަރުންނެވެ.
ހިންނަވަރުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން 50 ރޯހައުސް އާއި 50 ހައުސިންގ ޔުނިޓު އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑް އާއެވެ.
އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޖުލައިމަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!